ވީއައިއޭގައި މާރާމާރީ ހިންގި ފަތުރުވެރިޔާ ދޫކޮށްލައިފި

Tue, 07 May 2024 06:51 PM

View on this article on Vaguthu

ވީއައިއޭގައި މާރާމާރީ ހިންގި ފަތުރުވެރިޔާ ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު އެތަނުގެ މުވައްޒަފުންތަކަކާއި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ފަތުރުވެރިޔާ ދޫކޮށްލައިފިއެވެ.



ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮން ޝަރުތުތަކެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޔޫއޭއީއަށް ފުރަން ދިޔަ އެ މީހާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި މާރާމާރީ ހިންގާފައިވަނީ އޭނާ ގެންދިޔަ ލަގެޖް ބަރުވެގެން ފައިސާ ދައްކަން އެތަނުގެ މުވައްޒަފުން އެންގުމުން އެކަމާއި ރުޅިގަދަވެގެން ހިންގި ޒުވާބެއްގެ ތެރެއިންނެވެ.

ހަމަލާދޭ ވީޑިއޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، ފުރަން ގޮސް ހުރި ބިދޭސީ މީހާ އެތަނުގައި އަޑުގަދަކޮށް މުވައްޒަފަކަށް ހަމަލާދޭތަން ފެނެއެވެ. އަދި އިތުރު މުވައްޒަފަކު އޭނާ ކޮށްޕާލުމުން އެ މުވައްޒަފަށްވެސް ހަމަލާދީފައިވެއެވެ. ދިފާއުގައި މުވައްޒަފުވެސް އޭނާ ކޮށްޕާލާތަން ފެނެއެވެ.



More from Vaguthu