ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން ހުށަހަޅާނެ ކަން ހާމަކުރުމީ ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެއް - އެމްޖޭއޭ

Tue, 07 May 2024 05:48 PM

View on this article on Vaguthu

ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން ހުށަހަޅާނެ ކަން ހާމަކުރުމީ ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެއް - އެމްޖޭއޭ

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ހާމަކުރުމަކީ މިނިވަން ނޫސްވެރިކަމުގެ ދާޢިރާއަށް ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.



އެމްޖޭއޭ އިން މިއަދު ބުނީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ މި ޖަމިއްޔާގެ ފަރާތުން އެންމެ ކަންބޮޑުވުން ފާޅު ކުރި އެއް ކަމަކީ، ޖުލައި 2022 ގައި ތަސްދީގުކޮށް ޖެނުއަރީ 2023ގައި އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންނަށް ފުޅާ ދާއިރާއެއްގައި މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އޮތް އޮތުން ކަމަށެވެ.

އޭގެ އިތުރުން ނޫސްވެރިންނަށް ފަހިވާނެ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް 20 ވަނަ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިއްޔެ ސަރުކާރުން ހާމަކޮށްފައިވާތީ، އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ އެ އިސްލާހުގެ ދެލިކޮޕީ އެކުލަވާލުމުގައި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް މި ޖަމްއިއްޔާއަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުން ދޭނޭކަމަށެވެ.

ހެއްކާ ބެހޭ ބިލްގައިވާ ގޮތުން މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެއެވެ.

އޭގައި ވަނީ މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށެވެ.

އެ ކަންކަމުގެ ގޮތުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުން ދާކަން ނުވަތަ ކުރަން އުޅޭކަން، ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމަކަށްވުން، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށް އެ ހާލަތުވުމެވެ.



More from Vaguthu