ޓެކްސް ކޮމިޝަނަރުކަމަށް ކޮމިޓީން ރުހުން ދިނީ ޒަރީރަށް

Tue, 07 May 2024 05:38 PM

View on this article on Vaguthu

ޓެކްސް ކޮމިޝަނަރުކަމަށް ކޮމިޓީން ރުހުން ދިނީ ޒަރީރަށް

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ކުރީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހަސަން ޒަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.



ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރައްވުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ހުޅުވާލުމުން މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު، ޔަޒީދު މުހައްމަދުގެ އިތުރުން، ހަސަން ޒަރީރެވެ.

މި ބޭފުޅުންނަށް ރުހުން ދިނުން މިއަދު މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ކުރިއަށް ގެންގޮސްފައިވާއިރު، ޔާޒީދަށް ރުހުން ދީފައިވަނީ ހަތަރު މެމްބަރެކެވެ. އަދި ޒަރީރަށް 10 މެމްބަރަކު ވަނީ ރުހުން ދީފައެވެ.

ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ ގާނޫނަށް ގެނައި ބަދަލުގައި އޮތީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ.



More from Vaguthu