ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އިންޑިއާއަށް ވަޑައިގަންނަވަނީ

Tue, 07 May 2024 06:04 PM

View on this article on Vaguthu

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އިންޑިއާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ، މުސާ ޒަމީރު އިންޑިއާ ފުރާ ވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.



ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރ އިންޑިއާއަށް ވަޑައިގަންނަވަނީ މާދަމާއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރު އާއި ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

މިއީ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވި ފަހުން، މިނިސްޓަރ އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

މާދަމާ މިނިސްޓަރ ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ތެރޭގައި މި ސަރުކާރުގެ ފަސް ވަޒީރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިޤުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުހައްމަދު ސައީދު، ތައުލީމީ ވަޒީރު، ޑރ. އަބްދުﷲ ޝަފީއު، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހުމަދު ޝިޔާމް ހިމެނެއެވެ.



More from Vaguthu