މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހައްޖާޖީން ފުރަން ފަށާނެ - މިނިސްޓްރީ

Mon, 05 Jun 2023 09:51 AM

View on this article on Vaguthu

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހައްޖާޖީން ފުރަން ފަށާނެ - މިނިސްޓްރީ

މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ

މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

މިނިސްޓްރީން ވަނީ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ހައްޖުވެރިންގެ އަދަދު ހާމަކޮށްފައެެވެ.

12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (290 ޙައްޖާޖީން) – 15:10

13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 12:50

15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00

16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) – 15:10

16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00

19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ( 290 ޙައްޖާޖީން) – 15:10

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ހައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ހައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަޢޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 1000 ކޯޓާއެވެ.



More from Vaguthu