ޑިމާންޑް ބޮޑުވުމުން ޤައުމީ އެއަރލައިން މޯލްޑިވިއަނުން ރާއްޖޭގެ ހަތް އެއަރޕޯޓަކަށް އިތުރު ފްލައިޓްތަކެއް އަޅަން ނިންމައިފިއެވެ.
މޯލްޑިވިއަނުން ފްލައިޓްތައް އިތުރު ކޮށްފައިވަނީ ގަން، ކާޑެއްދޫ، މާވަރުލު، ހަނިމާދޫ، ފުނަދޫ އަދި ކައްދޫ އެއާޕޯޓަށެވެ. މި ފްލައިޓްތައް އިތުރު ކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ގަމަށް އިތުރު ކުރި ފްލައިޓު މާލޭން ގަމަށް ފުރާނީ މޭއި މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 21:15ގައެވެ. އަދި ގަމުން މާލޭ ފުރާނީ އެރޭ 23:35ގައެވެ.
ފްލައިޓުގެ ގަޑިތައް:
މޭއި 1ގެ ފްލައިޓްތައް:
މާލޭ-ކާޑެއްދޫ: 7:15
ކާޑެއްދޫ-މާލެ: 8:55
މާލޭ-މާވަރުލު: 7:35
މާވަރުލު-މާލެ: 9:25
މޭއި 2ގެ ފްލައިޓްތައް:
މާލޭ-ކާޑެއްދޫ: 20:50
ކާޑެއްދޫ-މާލެ: 22:35
މާލެ-ފުނަދޫ: 7:15
ފުނަދޫ-މާލެ: 8:20
މާލެ-ހަނިމާދޫ: 6:25
ހަނިމާދޫ-މާލޭ: 7:40
މާލެ-ކައްދޫ: 20:45
ކައްދޫ-މާލޭ: 21:55
މޯލްޑިވިއަން ޑިމާންޑް ބޮޑުވެ ފްލައިޓްތައް އިތުރުކޮށްފައިވާއިރު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މަންޒިލްތަކަށް ވަކިވަކިން ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަދާފައެވެ.
ކުރިއަށް އޮތް ސްކޫލް ބަންދާއި ދިމާކޮށް މޯލްޑިވިއަނުން އިތުރު ފްލައިޓްތަކެއް ބައެއް މަންޒިލްތަކަށް އިތުރު ކޮށްފައިވާއިރު، ނިމިދިޔަ ބަންދާއި ދިމާކޮށް ވެސް މޯލްޑިވިއަނުން ވަނީ ބައެއް މަންޒިލްތަކަށް އިތުރު ފްލައިޓްތަކެއް ބާއްވާފައެވެ.