105 ފުޅި ބަނގުރަލާއި 57 ދަޅު ނައްތާލައިފި

Tue, 07 May 2024 03:32 PM

View on this article on Vaguthu

105 ފުޅި ބަނގުރަލާއި 57 ދަޅު ނައްތާލައިފި

ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.



މިއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ނައްތާލި ތަކެއްޗެވެ. މިގޮތުން އެންމެ ފަހުން ނައްތާލާފައިވަނީ 105 ފުޅި ބަނގުރަލާއި 57 ދަޅު ބިޔަރެވެ.

ފުލުހުން ވިދާޅުވީ، މިތަކެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.



More from Vaguthu