ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Thu, 25 Apr 2024 08:50 PM

View on this article on Thiladhun

ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން މިރޭ ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 14:55 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

The post ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި first appeared on Thiladhun.



More from Thiladhun