އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި

Sat, 04 May 2024 07:13 PM

View on this article on Thiladhun

އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން "އިހަމަ" ނަމުގައި އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. "އިހަމަ" މި ނަމުން ރަމްޒު ކޮށްދެނީ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ.



އެ ރަށު ޓާފް ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހަދާފައިވާ އެ ޖިމް ރަސްމީކޮށް ހުޅުވާފައިވަނީ ރޭ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ

މި އައުޓްޑޯ ޖިމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ، މި ޕްރޮޖެކްޓަކީ ކައުންސިލު ބަޖެޓުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގާފައިވާ ޕްރޮޖެކްޓެއްކަމަށާއި، ޖިމްގައި ބޭނުން ކުރެވިފައި ވާނީ ޒަމާނީ ވަސީލަތްތައްކަމަށެވެ. ޖިމަކީ ބޭނުންކުރާ ފަރާތްތަކަށް އެކަށޭނަ މާހައުލަކަށް ހެދުމަށްޓަކައި ވަށައިގެން ޓާފް އަޅައި ޓްރެކެއްގޮތަށް ބައެއް ތަރައްގީކޮށް ގައު އަތުރައި އަދި ރޭގަނޑު ބޭނުން ކުރެވޭ ގޮތަށް ލައިޓް ވެސް ޖަހާފައިވާ ކަމަށެވެ.

ސޮބާހް އިތުރަށް ބުނީ ރަށުގެ އިޖުތިމާއީ މަރުކަޒާއި ގުޅިގެން ޖިމް އިންސްޓްރަކްޓަރެއް ގެނެސް އެތަން އެކަށޭނަ ގޮތުގައި ބޭނުން ކުރުމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން ގަސްތުކުރާ ކަމަށާއި، އެންމެހާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވާ މި ޖިމް ބޭނުން ކުރުމުގައި ތަކެއްޗަށް ގެއްލުންނުވާނޭހެން ހެޔޮގޮތުގައި ބޭނުން ކުރުމަކީ ކައުންސިލުގެ އެދުމެއްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

The post އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި first appeared on Thiladhun.



More from Thiladhun