ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްދިނީ ދެ ފަތުރުވެރިން

Sat, 04 May 2024 02:06 PM

View on this article on Thiladhun

ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްދިނީ ދެ ފަތުރުވެރިން

ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެން ފެށުމާ އެކުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިން މޫދަށް ފުންމާލައި އެ މުވައްޒަފު ސަލާމަތްކޮށްދީފިއެވެ.



ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ މި ދެމަފިރިން ހަނީމޫނަށް ރިސޯޓަށް އައިސް އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން މުވައްޒަފު ވަނީ ވެއްޓިފައެވެ. އެއާއެކު، ދެމަފިރިން ވަނީ މޫދަށް ފުންމާލައި އެމީހާ ސަލާމަތްކޮށްފައެވެ.

އެހެންވެ، ބ. އަތޮޅު ފުލުހުން ވަނީ މިކަން ފާހަގަކޮށް އެ ދެ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.

މުވައްޒަފު މޫދަށް ވެއްޓުމުން އަނިޔާވެ، ގެނބިގެން ގިނައިން ލޮނުވެސް ބޮވުނެވެ. މި ދެ ފަތުރުވެރިން ވަނީ އެމީހާ މޫދުން ނަގައި އަވަސް ފަރުވާ ވެސް ދީފައެވެ.

ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މި ދެ ފަތުރުވެރިންގެ ހިތްވަރަށް ހުރިހާ ދިވެހިންނާއި ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުސިތް ތާނީގެ މެނޭޖުމަންޓުން މިހާދިސާ އާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅައި އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދީފައިވާތީ އެކަމަށްވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް ދީފައެވެ.

 

The post ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްދިނީ ދެ ފަތުރުވެރިން first appeared on Thiladhun.



More from Thiladhun