މިދިޔަ މަހުގެ ސްޓެލްކޯ ބިލުތަކުގައި ރަމަޟާން މަހުގެ ޑިސްކައުންޓް ހިމަނައިފި

Sat, 04 May 2024 07:07 PM

View on this article on Thiladhun

މިދިޔަ މަހުގެ ސްޓެލްކޯ ބިލުތަކުގައި ރަމަޟާން މަހުގެ ޑިސްކައުންޓް ހިމަނައިފި

ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް މިދިޔަ މަހުގެ ބިލުގައު ރަމަޟާން މަހުގެ ޑިސްކައުންޓް ހިމަނައިފިއެވެ.



ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ ބިލުގައިވެސް ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ތަންފީޒުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް މިހާރު ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު މި މަހުގެ ބިލުތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަަށްވެސް ފަހުމީ ވިދާޅުވިއެވެ.

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވިއެވެ.

ރަމަޟާންމަހުގެ ކަރަންޓު ބިލު ކެޕް ކުރުމަށް ސަރުކާރުން ނިންމިއެވެ. އެގޮތުން މާޗު މަހުގެ ބިލުތަކަށް ޑިސްކައުންޓް ދީފައުވާއިރު މި ނިމުނު އޭޕްރިލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ އިތުރުވިއެވެ. މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީއެވެ.

The post މިދިޔަ މަހުގެ ސްޓެލްކޯ ބިލުތަކުގައި ރަމަޟާން މަހުގެ ޑިސްކައުންޓް ހިމަނައިފި first appeared on Thiladhun.



More from Thiladhun