ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި

Thu, 25 Apr 2024 03:05 PM

View on this article on Thiladhun

ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓުތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.



މި މީހާއާ މެދުގައި ޝައްކު ކުރެވިގެން މާލެ ތެރެ ޕެޓްރޯލް ކުރި ފުލުހުން އެމީހާ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ މީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ.

މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ އިރު، އޭނާ ދިރުވާލީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ވެސް ފުލުހުން ނުބުނެއެވެ. އެ ދިވެހި ފިރިހެން މީހާ އަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަން ފުލުހުން މިހާރު ވަނީ އާއިލާ އަށް ވެސް އަންގައިފައެވެ.

ފުލުހުން ބުނެފައި ވަނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްދުން ނައްޓާފައިވާ، ބޮޑުވެފައިވާ މައްސަލައެކެވެ.

The post ޑްރަގް ބުލެޓްތަކެއް ދިރުވާލި މީހާގެ ހާލު ސީރިއަސް، އަދިވެސް ފަރުވާދެނީ އައިސީޔޫގައި first appeared on Thiladhun.



More from Thiladhun