މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

Fri, 29 Mar 2024 07:12 PM

View on this article on Thiladhun

މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 50،000ރ. ދީފިއެވެ.



އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު އެކްސްގައި ބުނީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ހަދިޔާއެއް ދީފައިވާ ކަމަށެވެ. ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އައިއޭ ސީއިން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އައިއޭސީން ބުންޏެވެ.

"ސްކޫލު ދައުރަކީ ކުދިންގެ ހިތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތަށް ލޯބިޖެއްސުމަށްޓަކައި އެންމެ މުހިންމު މަރުހަލާ ކަމުގައި އަޅުގަނޑުމެން ދެކެނީ." އައިއޭސީ އިން ބުނެފައިވެއެވެ.

އައިއޭސީން ބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ކުދިން ކުރާ މިކަހަލަ މަސައްކަތްތަކުގައި ލިބުމަކީ އެ ކުދިންނަށް މިފަދަ މަސައްކަތްތައް އިތުރަށް ކުރަން ލިބޭނެ ހިތްވަރެއް ކަމަށެވެ.

އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 32،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި ޒަހަމްކޮށްލާފައިވާ މީހުންގެ އަދަދު ވެސް 80،000 އާ ވަނީ ގާތްކޮށްފައެވެ. މި ރަމަޟާން މަހުގައި ވެސް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ތިބީ ބަނޑުހައި ހޫނުކަމުގެ ތެރޭގައެވެ. ޣައްޒާ އަށް އެކަށީގެންވާ ވަރާ ގާތަށް ވެސް ކާބޯތަކެއްޗާއި ބޭހުގެ ސާމާނެއް ނުލިބެއެވެ.

The post މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި first appeared on Thiladhun.



More from Thiladhun