ސްކޫލްގެ ބޮޑު ޗުއްޓީގައި ޕީޖީ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި

Sun, 28 Apr 2024 08:54 PM

View on this article on Thiladhun

ސްކޫލްގެ ބޮޑު ޗުއްޓީގައި ޕީޖީ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އަންނަ މަހު އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި އެވެ.



އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް، އޮފީހަށް ނިކުންނަން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފަ އެވެ. އެހެންވެ، ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެކަން މިހާރު ވަނީ އަންގައިފަ އެވެ.

"ހުރިހާ ބޭފުޅުންވެސް މި ފުރުސަތުގައި ތިމާގެ ދަރިންނާއި އެހެން މީހުންގެ ވިޔަސް، ލޯބިވާ ކުދިންނާއެކު ވަގުތު ހޭދަ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ." މިކަމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް މުވައްޒަފުންނަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހާއި އެ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ވެސް ޕީޖީ އޮފީހުން ވަނީ ހަފުތާއަކު އެއް ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.

The post ސްކޫލްގެ ބޮޑު ޗުއްޓީގައި ޕީޖީ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި first appeared on Thiladhun.



More from Thiladhun