ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް

Sun, 28 Apr 2024 03:25 PM

View on this article on Thiladhun

ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.



ޚާރިޖީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ވަޒީރު ޒަމީރު ސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ "ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގ ފަރާތްތަކާއިވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވާ، މަޝްވަރާތައް ބާއްވަވާނެކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ސައުދީގައި އޮންނަ "ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް" ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ދާއިރާތައް ތަމްސީލްކުރާ 700 އެއްހާ އިސްވެރިން ބައިވެރިވާނެއެވެ.

މި ކޮންފަރެންސަކީ ވޯލްޑް އިކޮނޮމިކް ފޯރަމްއާއި ސައުދީ އަރަބިއްޔާ ގުޅިގެން ބާއްވާ ކޮންފަރެންސްއެކެވެ.

ސައޫދީ އަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެއް ވެސް މެއެވެ.

The post ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް first appeared on Thiladhun.



More from Thiladhun