ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ

Sun, 28 Apr 2024 06:21 PM

View on this article on Thiladhun

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ

ދިވެހި ދިފާއީ ޤައުމީ ބާރަށް ސިފައިން ތަމްރީނު ކުރުމަށް ހިންގި  އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް ހަމްނާ ރަޝީދު ހާސިލްކޮށްފިއެވެ.



ހއ. ދިއްދޫ އަށް ނިސްބަތްވާ ހަމްނާ ރަޝީދު މި ފަޚްރުވެރި މަޤާމު ހޯދި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަމްނާ ހިމެނޭހެން ކޯހުގެ ވަނަތައް ހޯދި ސިފައިންނަށް އެ ވޯޑްތައް ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު ޣައްސާނު މައުމޫނެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް ލިބުނީ ޕްރައިވެޓް އިޝްޙާޤް ޝަރީފް އަށެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިހަމް ޢަލީ އެވެ. އަދި އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ލިބުނޯ ޕްރައިވެޓް މުޙައްމަދު ރިޝްފާން އަށެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ''ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫ'' ހޮވުނުއިރު ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުﷲ ހާޝިމް އަޙްމަދު އެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙުސައިން އައިހަމް މޫސާ އެވެ. އަދި، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްޙާޤު މުޙައްމަދު އެވެ.

މީގެ އިތުރުން ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙްމަދު ރިމާޙު އެވެ. އަދި ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު އެވެ.

މި ކޯހުން 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުން ހިމެނޭހެން 98 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2023 އޮކްޓޫބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

The post ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ first appeared on Thiladhun.



More from Thiladhun