ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް

Sun, 28 Apr 2024 06:38 PM

View on this article on Thiladhun

ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް

ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.



ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް އެ ނޫސްވެރިން ވަނީ މީސް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފައެވެ.

މިކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެކަން ދޮގުކޮށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދުގެ ފަރާތްޕުޅުން ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާޢިއުކުރެއްވި ޚަބަރެއްގައި ބުނެފައި ވަނީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކުގައި ކަމަށެވެ.

ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުޞޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުންކަމަށް އެ ޚަބަރުގައި ބުނެފަވެއެވެ.

''ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.'' ރައީސް އޮފީހުން ބުނެފަވެއެވެ.

ރައީސް އޮފީހުން ވަނީ ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދީފައެވެ.

The post ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކުގައި: ރައީސް އޮފީސް first appeared on Thiladhun.



More from Thiladhun