17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް

Fri, 29 Mar 2024 02:30 PM

View on this article on Thiladhun

17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް

ރާއްޖޭގެ 17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ އާލާތް ހޯދުމާ ގުޅޭ "ލެޓަރ އޮފް އެކްސްޗޭންޖު" ގައި ސޮއިކޮށްފައި ވަނީ އިއްޔެ ޞިއްޙަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.

މި އެއްބަސްވުމުގެ ދަށުން ޖުމުލަ 72 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯޓަރީ އާލާތް 05 އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފަވެއެވެ.

އިއްޔެ ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯޓަރީ އާލާތްތައް ފޯރުކޮށްދޭން ހަމަޖެގިފައިވާއިރު، މި ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯޓަރީ އާލާތްތަކުން މި 17 ރަށުގައި ލެބޯރެޓަރީ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން މި އާލާތްތައް ހޯދުމާއެކު އެ ޞިއްޙީ މަރުކަޒުތަކުގައި ދެމުން ގެންދާ ޞިއްޙީ ޚިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެ ކަމަށް ވެސް ސިއްހަތާބެހޭ ވުޒާރާއިން ބުނެފަވެއެވެ.

The post 17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް first appeared on Thiladhun.



More from Thiladhun