އަޅުގަނޑު ގެންގޮސް ހައްޔަރުވެސް ކުރަންވީ، ފުރާނަވެސް ދުއްވާލަންވީ، ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން- ފައްޔާޒް

Thu, 28 Mar 2024 01:39 PM

View on this article on Raajje.mv

އަޅުގަނޑު ގެންގޮސް ހައްޔަރުވެސް ކުރަންވީ، ފުރާނަވެސް ދުއްވާލަންވީ، ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން- ފައްޔާޒް

ގެންގޮސް ހައްޔަރު ކުރިއަސް، އަދި ފުރާނަ ދުއްވާލާ ހިސާބަށް ދިޔަޔަސް، ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.



ބުދަ ދުވަހުގެރޭ ރާޅުގަނޑު ސަރަހައްދުގެ ސިޑިބަރީގައި ބޭއްވި "ހެންވޭރު ތަރާވީސް" ގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ ބުދަ ދުވަހު އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވާފައެވެ. އަދި އޭނާ ފުލުސް އޮފީހަށް ހާޒިރުކުރައްވާފައިވަނީ، އޭނާ އަށް ބިރު ދައްކަން ނޫން ކަމަށާއި އެއީ އެމްޑީޕީގެ އާއްމު ރައްޔިތުންނަށް ބިރު ދައްކަން ކުރި ކަމެއް ކަމުގައި ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެމްޑީޕީ ފަހަތަށް ނުޖެހޭނެކަމަށާއި އެކަން އެ ޕާޓީން ސާބިތުކޮށްދީފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިހާރު ހުރިހާ ދިމާލަކުން ވެސް ފެންނަނީ ރައީސް ޑރ. މުއިއްޒު ހައްދަވާ ދޮގާއި އޮޅުވާލެއްވުންތައް ކަމުގައި ވިދާޅުވިއެވެ. އަދި އެއްދުވަހަށް ވުރެ އަނެއް ދުވަހަށް ރައީސް މުއިއްޒުގެ ދޮގުތައް އިތުރުވަމުން ދާކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ރަށްރަށުގައި ނިމިދިޔަ ސަރުކާރުން ފަށާފައި ހުރި މުހިންމު ހުރިހާ މަޝްރޫޢުތައް ވެސް ހުއްޓާލާފައިވާ ކަމަށާއި މިފަދަ ކަންބޮޑުވުންތައް ރައްޔިތުންނާ ހިއްސާކުރެއްވުމުން ސަރުކާރުން ހިތްހަމަނުޖެހި ރުޅިގަދަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ ކުދި ރަށްރަށުގައި ހުރި ކަންކަން ކުރާނެ ކަމަކަށް. އެ ބޭފުޅުން އެބަ ވިދާޅުވޭ ފާޅުގައި ނިމިިދިޔަ ސަރުކާރުގައި ބޭކާރު ޚަރަދު ކުރީއޭ. އަޅުގަނޑުމެންގެ ސަރުކާރުގައި ބެލީ އާއްމު ރައްޔިތުންނަށް ފައިދާ ވޭތޯ
ފައްޔާޒް އިސްމާއީލް / ކުރީގެ އިކޮނޮމިކް މިނިސްޓަރު

އަސާސީ ޚިދުމަތް ޤާއިމްނުކޮށް އިގްތިޞާދު ކުރި ނާރާނެ ކަމަށާއި ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައިވާނީ ވިސްނުންތެރިކަމާއި އެކުގައި ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.



More from Raajje.mv