ނައްތާލަން ބޭނުންވާ މުޞްޙަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ

Sat, 27 Apr 2024 04:50 PM

View on this article on Raajje.mv

ނައްތާލަން ބޭނުންވާ މުޞްޙަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ

މާލޭސިޓީގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް، ޙަދީޘް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަން ފަށައިފިއެވެ.



މާލެ ސަރަހައްދުގެ ގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު ގޭގެއިން ގެންގޮސް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަހަރު ފުރަތަމަ ފަހަރު ގޭގެއިން ގެންދާ އެފަދަ ތަކެތި ސިޓީ ކައުންސިލަށް ބަލައިގަތުމުގެ އިންތިޒާމު އޭޕްރީލް 27ން މެއި 2ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9ން ހަވީރު 4ށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން މިތަކެތި ބަލައިގަންނާނީ މާލެއިން ޢާއްމު ޚިދުމަތްތަކާބެހޭ ބައި، ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.



More from Raajje.mv