އެއަރޕޯޓް އަޅާނެ ރަށްތައް ކަނޑައެޅުމަށް ރައީސްގެ ގަރާރެއް

Thu, 28 Mar 2024 12:37 PM

View on this article on Raajje.mv

އެއަރޕޯޓް އަޅާނެ ރަށްތައް ކަނޑައެޅުމަށް ރައީސްގެ ގަރާރެއް

ރާއްޖޭގައި އިތުރު އެއަރޕޯޓު ތަރައްގީކުރާނެ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.



އެގޮތުން އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާއިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށްވަނީ އިސްލާހު ގެންނަވާފައެވެ. އަލަށް ހިންގުމަށް ހަމެޖހިފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތައް އަދި އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ވެސް އެ ގަރާރުގައި ކަނޑައަޅާފައިވެއެވެ.

އަލަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއަރޕޯޓުތަކުގެ ތެރޭގައި ހިމެނެނީ

ށ. ދިގުވެލި

ށ. މިލަންދޫ

ނ. ވިހަފަރު

ހއ. ދިއްދޫ

ރ. ފައިނު

ތ. ގުރައިދޫ

އއ. މަތިވެރި

ފ. ނިލަންދޫ

ގއ. މާޅެންދޫ

އަދި ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް (ސަރުކާރުން ކަނޑައަޅާ ތަނެއްގައި) އެވެ.

މިއިން ކޮންމެ އެއަރޕޯޓެއް ތަރައްގީކުރުމަށް އެންމެ ދަށްވެގެން ހަރަދު ކުރަންޖެހޭ އަދަދަކީ 5،000،000 ޔޫއެސް ޑޮލަރެވެ. ތަރައްގީ ކުރަން ފަށާފައިވާ އެއަރޕޯޓުތަކާއި އެތަންތަން ތަރައްގީކުރުމަށް ހަރަދު ކުރެވޭނެ އެންމެ ދަށް އަދަދުތައް ގަރާރުގައި ހިމަނާފައިވެއެވެ. އެގޮތުން ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ބ. ތުޅާދޫ، ށ. ބިލެތްފަހިގެ އިތުރުން ތ. ވިލުފުށީ އެއަރޕޯޓުގެ މަޝްރޫއު ނިންމުމަށް މަދުވެގެން 4،000،000 ޑޮލަރު ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ގދ. ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަދި ގއ. ވިލނގިލީގައި އިންޓަރނޭޝަަނަލް އެއަރޕޯޓަށް ރައީސް ވަނީ 7000،000 ޑޮލަރު ކަނޑައަޅުއްވާފައެވެ. އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއަރޕޯޓުތަކަކީ:

ގަން އިންޓަނޭޝަނަލް އެއަރޕޯޓު

ދަރަވަންދޫ އެއަރޕޯޓް

ކުޅުދުއްފުށީ އެއަރޕޯޓް

ފުވައްމުލަކު އެއަރޕޯޓް

ފުނަދޫ އެއަރޕޯޓް

މާވަރުލު އެއަރޕޯޓް

މިއެއާޕޯޓްތަލަށް އެންމެ ދަށްވެގެން 4،000،000 ޑޮލަރު ކަރަދު ކުރާނެއެވެ. އައްސޭރި ޓުއަރިޒަމް ލ. ގަމުގައްޔާއި އައްޑޫ ސިޓީގައި ހިންގުމަށް އެންމެ ދަށްވެގެން އިންވެސްޓު ކުރެވޭނެ އަދަދަށް ބަލާއިރު. ލ. ގަމަށް 7،000،000 ޑޮލަރު އަދި އައްޑޫސިޓީއަށް އެންމެ ދަށް ކޮށް ޚަރަދު ކުރެވޭނީ 10،000،000 ޑޮލަރުކަމަށް ވަނީ ބުނެފައެވެ.



More from Raajje.mv