އައްޑޫގައި މިރޭ ތިން އެކްސިޑެންޓު، ހަތް މީހަކަށް އަނިޔާވި

Mon, 21 Oct 2024 04:32 PM

View on this article on One Online

އައްޑޫގައި މިރޭ ތިން އެކްސިޑެންޓު، ހަތް މީހަކަށް އަނިޔާވި

އައްޑޫ ސިޓީގައި މިރޭ ތިން އެކްސިޑެންޓެއް ހިނގައި، ހަތް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމަށް މިރޭ އެކި ވަގުތުތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށާއި އެ އެކްސިޑެންޓުތަކުގައި އަނިޔާވީ ހަ ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ.

އެ އެކްސިޑެންޓުތަކުގައި އަނިޔާވި ހަތް މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށާއި އެއިން ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން އެކްސިޑެންޓުގެ ތެރެއިން ދެ އެކްސިޑެންޓެއްގެ ސީން ފުލުހުން ދިޔައިރު ރޫޅާލާފައިވާ ކަމަށާއި އެކްސިޑެންޓުގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.





More from One Online