ވޭމަންޑޫ ކުޑަކުދިންގެ މަރުކަޒުގައި ކުއްޖަކު މުވައްޒަފަކަށް ހަމަލާ ދިން މައްސަލައިގައި މުޒާހަރާކުރަނީ

Wed, 16 Oct 2024 01:02 AM

View on this article on One Online

ވޭމަންޑޫ ކުޑަކުދިންގެ މަރުކަޒުގައި ކުއްޖަކު މުވައްޒަފަކަށް ހަމަލާ ދިން މައްސަލައިގައި މުޒާހަރާކުރަނީ

ތ. ވޭމަންޑޫ ކުޑަކުދިންގެ މަރުކަޒުގައި ކުއްޖަކު މުވައްޒަފަކަށް ހަމަލާ ދިން މައްސަލައިގައި، އެ މަރުކަޒު ކުރިމަތީ މުޒާހަރާކުރަން ފަށައިފިއެވެ.

ވޭމަންޑޫން "ވަން"އަށް މައުލޫމާތުދިން މީހަކު ބުނީ މިރޭގެ މުޒާހަރާ ފަށާފައިވަނީ، ވޭމަންޑޫ ކުޑަކުދިންގެ މަރުކަޒުގައި ހުންނަ އުމުރުން 16 އަހަރުގެ ކުއްޖަކު، އެތަނުގެ މުވައްޒަފުންނަށް އަނިޔާދޭ މައްސަލަައިގައި ކަމާބެހޭ އިދާރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމުން ކަމަށެވެ.

އޭނާ ބުނީ ކަމަކާ ހިތްހަމަނުޖެހިގެން ހަމަލާދިނުމުގެ ސަބަބުން މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށާއި އެ މައްސަލައިގައި މުޒާހަރާއަށް ރައްޔިތުން އެއްވެ، އެ ކުއްޖާ އެހެން މަރުކަޒަށް ބަދަލުކުރުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ފަރާތުން މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އިން މިރޭ ބުނީ ވޭމަންޑޫ ކުޑަކުދިންގެ މަރުކަޒު ކުރިމަތީގައި ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވެސް މިހާތަނަށް ތަފްސީލެއް ދީފައެއް ނުވެއެވެ.





More from One Online