ދަ ނޯޓިލަސް އާއި މިނިސްޓްރީ ގުޅިގެން ދާލު އަމާންވެށީގެ ހިދުމަތްތައް ފުޅާކުރަން އެއްބަސްވެއްޖެ

Wed, 16 Oct 2024 12:26 AM

View on this article on One Online

ދަ ނޯޓިލަސް އާއި މިނިސްޓްރީ ގުޅިގެން ދާލު އަމާންވެށީގެ ހިދުމަތްތައް ފުޅާކުރަން އެއްބަސްވެއްޖެ

ދަ ނޯޓިލަސް ފައުންޑޭޝަނާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން ދާލު އަމާންވެށީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދަ ނޯޓިލަސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދ. އަތޮޅު ކައުންސިލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި މަންޓާ އެއާ އަދި ދަ ނޯޓިލަސް އިން މިނިސްޓްރީއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން އެ ސެންޓަރުގެ ވަސީލަތްތައް ރަނގަޅުކޮށް، އެހީއަށް ބޭނުންވާ ކުޑަކުދިންނަށް ރައްކާތެރި އަދި މުއްސަނދި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތްކުރާނެއެވެ.

ދަ ނޯޓިލަސްއިން ބުނީ މި އެއްބަސްވުމުގެ ދަށުން އަމާންވެށީގައި އާ ސްޓަޑީ ރޫމެއް ގާއިމުކުރެވޭނެ ކަމަށެވެ. މި ސްޓަޑީ ރޫމްގައި ކޮމްޕިއުޓާ ސިސްޓަމްތަކާއި ލައިބްރަރި އޭރިއާއަކާއި އަދި ކުދިން ކިޔަވާނެ ޒޯނެއް ހިމެނޭނެ ކަމަށެވެ. އަދި އެ ސެންޓަރުގެ ކެމްޕަސްގައި ކުދިން ކުޅުމަށް ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއް ވެސް ގާއިމުކުރާނެއެވެ.

މި ހުރިހާ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ ދަ ނޯޓިލަސްއިންނެވެ.

ދަ ނޯޓިލަސްއިން ބުނީ މި މަޝްރޫއުތަކުގެ ސަބަބުން މި ފެސިލިޓީގެ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މިއީ ކުދިންގެ ތައުލީމާއި ދުޅަހެޔޮކަމާއި މުނިފޫހިފިލުވުން ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.





More from One Online