ރިސޯޓުތަކުން ދައްކަން ޖެހޭ 4 ބިލިއަން ރުފިޔާ މާފެއް ނުކުރޭ!

Tue, 19 Sep 2023 10:01 PM

View on this article on Muraasilu

ރިސޯޓުތަކުން ދައްކަން ޖެހޭ 4 ބިލިއަން ރުފިޔާ މާފެއް ނުކުރޭ!

ރިސޯޓުތަކުން ކުލި ނުދައްކައިގެން ސަރުކާރަށް ދައްކަން ޖެހޭ 4 ބިލިއަން ރުފިޔާ މާފު ކޮށްފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ރަނގަޅު މައުލޫމާތެއް ނެތި އާއްމުންނަށް އޮޅުން އަރާގޮތަށާއި އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ ކުލި މާފެއް ނުކުރާ ކަމަށާއިއަދި ކުލި ނުދައްކައިގެން އަރާ ޖޫރިމަނާ އެއްކޮށް މާފު ނުކުރާ ކަމަށެވެ. މީގެ ކުރިން ރިސޯޓު ތަކުން ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑުކޮށް ކަމަށާއި. އެއީ އަހަރަކަށް %182 ގެ ރޭޓު ކަމަށެވެ.



މިއުވާން އިތުރަށް ވިދާޅުވީ ބޭންކުތަކުން ނަގާ އިންޓްރެސް ހުންނަނީ އާންމުކޮށް މީގެ 36 ގުނަ އަށް ވުރެވެސް ކުޑަކޮށް.ކަމަށާއި ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފައެވެ. މިސަރުކާރުން 2019ގައި ނިންމައި 2020 ވަނަ އަހަރު ތަންފީޒު ކުރަން ފެށީ މި ޖޫރިމަނާ %18 އަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި މިކަން ތަންފީޒުކުރުމަަށެވެ.

.މިސާލެއްގެ ގޮތުން މިއުވާން ނެންގެވީ ކުރީގެ ރޭޓުގައި (%180) 1 މިލިއަން ރުފިޔާ ގެ ރިސޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަ ވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހެއެވެ.. އެއީ ކުލީގެ 1 މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާެެއެވެ.

މީގެ ިިތުރުން މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެކެވެ. އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއި އެކު ޖޫރިމަނާގެ ރޭޓަށް މިގެނެވުނު ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ޓުއަރިޒަމް ގެ މިބަދަލާއެކު ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ، އާ ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު ދެވިގެންދާނެއެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ.މައުސޫމު ވެސް ވިދާޅުވެފައިވަނީ ރިސޯޓުތަކުން ދައްކަން ޖެހޭ ޖުރިމަނާ ގެ ތެރެއިން 4 ބިލިއަން ރުފިޔާ މާފު ކުރި ކަމަށް ފަތުރަމުންދާ ހަބަރަކީ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ.



More from Muraasilu