ބަނގުރަލުގެ މައްސަލައެއްގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފި

Wed, 24 Jul 2024 09:58 PM

View on this article on Muraasilu

ބަނގުރަލުގެ މައްސަލައެއްގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައެއްގައި މާލެއިން ތިން މީހުން ހައްޔަރު ކޮށްފިއެވެ.



ފުލުހުން މައުލޫމާތުދޭ ގޮތުގައި މިމީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި ޖުލައި މަހުގެ 23 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ބަނގުރަލުގެ ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ.

އެ އެޕާޓްމަންޓާއި ފިހާރަ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، 24 އަަހަރުގެ ބިދޭސީ ފިރިހެނަކާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެ ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.



More from Muraasilu