ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ފިރިހެނަކާއި 6 އަންހެނުން ހައްޔަރުކޮށްފި

Tue, 15 Oct 2024 09:29 PM

View on this article on Muraasilu

ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ފިރިހެނަކާއި 6 އަންހެނުން ހައްޔަރުކޮށްފި

ހަށި ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ބިދޭސީ 3 އަންހެނުންނާއި 4 ދިވެހިން ހައްޔަރު ކޮށްފިއެވެ.



ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މީހުން ހައްޔަރު ކުރީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސް ކުރުމަށްފަހުގައެވެ.

މި ގޮތުން އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުންނެވެ. މީގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެން މީހާއަކީ ހަށި ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ މީހެއް ކަމެއް ނުވަތަ ހަށިގަންނަން ދިޔަ މީހެއް ކަމެއް ފުލުހުންގެ ބަޔާނުގައި ބުނެފައިނުވެއެވެ.

މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.



More from Muraasilu