ސިނގިރޭޓު ވިއްކުން ކޮންޓްރޯލް ކޮށްފި

Tue, 15 Oct 2024 07:44 PM

View on this article on Muraasilu

ސިނގިރޭޓު ވިއްކުން ކޮންޓްރޯލް ކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓު އެތެރެކޮށް ވިއްކާ ކުންފުނި ’ރޫޓު‘ ގެ ފިހާރަތަކުން ސިނގިރޭޓު ހޯލްސޭލުކޮށް ވިއްކުން ކޮންޓްރޯލް ކޮށްފިއެވެ.



އެ ފިހާރައިން ވާހަކަ ދެއްކި އިސްވެރިއަކު މުރާސިލަށް މައުލޫމާތު ދެމުން ބުނީ ސިނގިރޭޓު ހޯލްސޭލުކޮށް ވިއްކުމުގައި ވަކި ކޮންޓްރޯލެއް، އުސޫލެއް ހަމަޖެއްސީ ސިނގިރޭޓުގެ ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. މި ގޮތުން ކޮންމެ ފަރަކުވެސް ސިނގިރޭޓުގެ އަގަށް ބަދަލު އައުމުގެ ކުރިން ބައެއް ފަރާތްތަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގަނެ، ފޮރުވުމަށް ފަހު، ފަހުން ބޮޑުއަގުގައި ވިއްކާ މައްސަލަ އެ ފަރާތްތަކަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެ ފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން ސިނގިރޭޓު ވިއްކުމުގައި ވަކި އުސޫލެއް އަބަދުވެސް ހަމަޖައްސަމުންދާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. މި ގޮތުން އެ ފިހާރައިން އާއްމުކޮށް ސިނގިރޭޓު ގަންނަ ފިހާރަތަކަށް ކުރިންވެސް ގަންނަމުން އަންނަ އަދަދަށް ލިބޭނެ ކަމަށާއި އަލަށް ގަންގަ ފަރާތްތަކަށް ވިއްކޭނީ ވަކި އުސޫލަކުން ކަމަށެވެ. މީގެ އިތުރުން ފިހާރަތަކަށްވެސް ސިނގިރޭޓު ވިއްކާނީ އެ ފަރާތްތަކުން ވޭތުވެދިޔަ ދުވަސްތަކުގައި އެވްރެޖްކޮށް ގަންނަ އަދަދަށް ބަލައި އެ ދަދަށެވެ.

ސަރުކާރުންވަނީ ސިނގިރޭޓުން ނަގަމުންދާ ޑިއުޓީ 3 ގުނަ ބޮޑު ކުރުމަށް ނިންމާފައެވެ. އެހެންކަމުން ކުރިއަށް ދުވަސްތަކުގައި ސިގިރޭޓު ފޮއްޓެއްގެ އަގު 200 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ. ސިނގިރޭޓު ގެ ޑިއުޓީ ބޮޑު ކުރުމަށް ނިންމުމުގެ އިތުރުން ވޭޕުގެ ބާވަތްތަށް އެތެރެކޮށް ވިއްކުންވެސް އަންނަ ނޮވެމްބަރު 15 ފެށިގެން މަނާކުރުމަށް ވަނީ ނިންމާފައެވެ.



More from Muraasilu