ޗިކަން ނަގެޓްސްއާއި ފިޔާތަކެއްގެ ވެރިފަރާތެއް ހޯދަނީ

Sun, 13 Oct 2024 08:06 PM

View on this article on Muraasilu

ޗިކަން ނަގެޓްސްއާއި ފިޔާތަކެއްގެ ވެރިފަރާތެއް ހޯދަނީ

ޗިކަން ނަގެޓްސް އާއި ފިޔާތަކެއްގެ ވެރި ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަވިސްއިން އިއުލާން ކޮށްފިއެވެ.



ޕޮލިހުން މައުލޫމާތުދޭ ގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ފެނިފައިވާ ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި ގޮތުން މި ތަކެތީގެ ވެރި ފަރާތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ އެ ތަކެއްޗާ ހަވާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިއީ ޕޮލިހުން ކިހިނެތް ހޯދި ތަކެއްޗެއް ކަމެއް، ކުށުގެ މައްސަލައެއްގައި ބަލާ ފާސްކުރި މީހަކު އަތުން ފެނުނު އެއްޗެއް ކަމެއް ބުނެފައި ނުވެއެވެ. މި މައުލޫމާތު ހޯދުމަށް ހުޅުމާލެ ފޭސް1 ގެ ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ ’ތިޔަ ވިދާޅުވި މައުލޫމާތުތައް ހިމަނާފައި އަލުން ޕޯސްޓު ކޮށްލާނެ‘ ކަމަށެވެ.



More from Muraasilu