ގަވަރުނަރުގެ މަގާމުން އަލީ ހާޝިމު ވަކިކުރައްވައި، މުނައްވަރުގެ ނަން މަޖުލީހަށް

Mon, 22 Jul 2024 04:53 PM

View on this article on Muraasilu

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމު ވަކިކުރައްވައި، މުނައްވަރުގެ ނަން މަޖުލީހަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.



ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖުލީހުން މިއަދު ވަނީ އަލީ ހާޝިމު މަގާމުން ވަކިކުރެއްވުމަށް ފާސްކޮށް، ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވާފައެވެ.

އައު ގަވަރުނަރުގެ މަގާމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ އަޙްމަދު މުނައްވަރު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖުލީހަށް ފޮނުއްވާފައެވެ.

އަހުމަދު މުނައްވަރަކީ، މީގެ ކުރީން މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމު ފުރުއްވަވާފައި ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.



More from Muraasilu