ދިޔާހަކުރު ފުޅިއަކާއި 200 ޑޮލަރުގެ ވެރިފަރާތެއް ހޯދަނީ

Thu, 25 Jul 2024 10:18 PM

View on this article on Muraasilu

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.




ފުލުހުން މައުލޫމާތުދޭ ގޮތުގައި ވެރިފަރާތް ހޯދުމަށް އިއުލާންކޮށްފައިވާ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

މާފަންނު ޕޮލިސް

-ޖުލައި 19 ވަނަ ދުވަހު, މަޖީދީމަގު ޑޮލަރު އޭޓީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ޑޮލަރު. އިންސިޑެންޓް ނަންބަރު 605744

-ޖުލައި 22 ވަނަ ދުވަހު، ކަނބާއައިސަރަނި ހިނގުމާއި ކާނޭޝަން މަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ކްރެސްޓް ބްރޭންޑުގެ ދެ ދޮށި. އިންސިޑެންޓް ނަންބަރު 606035

ގަލޮޅު ޕޮލިސް

-ޖޫން 22 ވަނަ ދުވަހު ޝަހީދު ހުސައިން މުޙައްމަދު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޔޫއެސްބީ، ސީ އެޑަބްޓަރަކާއި ޓްރިމަރެއް. އިންސިޑެންޓް ނަންބަރު 602511

-ޖުލައި 11 ވަނަ ދުވަހު ހަދީބީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައުޓްބޯޑު އިންޖީނެއްގެ ބައެއް. އިންސިޑެންޓް ނަންބަރު 604728

-ޖުލައި 16 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ދިޔާހަކުރު ފުޅިއެއް. އިންސިޑެންޓް ނަންބަރު 605347

ހުޅުމާލެ ފޭސް 2 ޕޮލިސް

-ޖުލައި 17 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2 ޓަވަރު 11 ކައިރިން ހޮވައިގެން ގެނެސްފައިވާ 10 ކޭސް ފެން. ރުފިޔާ. އިންސިޑެންޓް ނަންބަރު 605389

އެއާޕޯޓު ޕޮލިސް

މާޗު 28 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޓަނޭޝަނަލް ޑިޕާޗަރ ޓާމިނަލް ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ޑޮލަރު. އިންސިޑެންޓް ނަންބަރު 562657

މި ތަކެތީގެ ވެރިފަރާތްތަކުން އިންސިޑެންޓު ނަމްބަރާއިއެކު އެ ތަކެތި ހުރި ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރުމަށް ޕޮލިހުން މައުލޫމާތު ދެއެވެ.



More from Muraasilu