ކަސްޓަމްސް ވެރިޔާގެ މަގާމުން މާނިއު ވަކިކޮށް، ދިޔާނާ އައްޔަން ކޮށްފި

Mon, 22 Jul 2024 02:33 PM

View on this article on Muraasilu

ކަސްޓަމްސް ވެރިޔާގެ މަގާމުން މާނިއު ވަކިކޮށް، ދިޔާނާ އައްޔަން ކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޔޫސުފު މާނިއު މަގާމުން ވަކިކުރައްވައި އެ މާގަމަށް ފާތިމަތު ދިޔާނާ އައްޔަން ކުރައްވައިފިއެވެ.



ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ‏‏ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ފާތިމަތު ދިޔާނާ، އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ފާތިމަތު ދިޔާނާ، މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމުގައެވެ.

މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވީ ގ.އަތަ އަލްފާޟިލް ޔޫސުފް މާނިއު މުހައްމަދު ، މިއަދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބަދަލުކުރައްވާފައެވެ.

މިއީ ކަސްޓަމްސްގެވެރިއަކަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.



More from Muraasilu