މެޑަމް ފަޒުނާއަށް ހަމަލާދޭން ޕީޕީއެމް އެކްޓިވިސްޓުން ތަކެއް މަސައްކަތް ކޮށްފި

Sun, 17 Sep 2023 09:35 PM

View on this article on Muraasilu

މެޑަމް ފަޒުނާއަށް ހަމަލާދޭން ޕީޕީއެމް އެކްޓިވިސްޓުން ތަކެއް މަސައްކަތް ކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ހަރަކާތްތެރިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބި ކަނބަލުން ފަޒްނާ އަހުމަދަށް ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.



މިއަދު ހަވީރު ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ދޮރުން ދޮރަށް ކެމްޕޭނު ހަރަކާތުގައި އުޅުއްވަނިކޮށް ހަމަލާ ދިނީ އެ ސަރަހައްދުގައި ޑރ.މުއިއްޒު ކެމްޕޭނުގައި ހަރަކާތްތެރިވަމުންދިޔަ ޕީޕީއެމް ގުރޫޕަކުންނެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން އެކަކު އަތުގައި ތޫނު ހަތިޔާރެއް ގެންގުޅުނު ކަން ފާހަގަވެ، ފުލުހުންގެ ބެލުމުގެ ދަށަށްވަނީ މީހަކު ގެންގޮސްފައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ޑރ.މުއިއްޒުގެ ކެމްޕޭނު ޓީމުގައި ހަރަކާތްތެރިވަމުން ދިޔަ މީހުން ގޮވަމުން ދިޔައީ ހިޔާ ސަރަހައްދަށް އަރައިގެން ނުވާނެ ކަމަށެވެ.

މެޑަމް ފަޒުނާ ގެ ކެމްޕޭނުގައި ހަރަކާތްތެރިވި އެމްޑީޕީގެ އޮފިޝަލެއް ވިދާޅުވީ ކުޑަކުދިންނާ އަންހެނުން އަދި އާއިލާތަކުގެ ކުރިމަތީގައި މުއިއްޒު ގެ އެކްޓިވިސްޓުން ވަރަށްހަޑ ހުތުރު ބަހުން އެއްޗހި ގޮވި ކަމަށާއި ރިޔާސީ ކެންޑީޑޭޓެއްގެ ކެމްޕޭނުގައި މަސައްކަތް ކުރަމުންދިޔަ ބަޔަކު މިއީ ކޮށްގެން ނުވާނެ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މި އަމަލު ކުށްވެރިކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެކި ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ދަނީ މި ކަން ކުށްވެރިކޮށް، ކޮންމެ މީހަކަށްވެސް ކެމްޕޭނުގައި ހަރަކާތްތެރި ވުމުގެ ހައްގު އޮންނަންވާނެ ކަމަށް ބުނަމުންނެވެ. މުއިއްޒަށް އަދި ވެރިކަން ނުލިބޭ ކަމަށާއި މިހާރުވެސް ބިރުވެރިކަން ފެށިއްޖެ ކަމަށްވެސް ބައެއް މީހުން ސޯސަލް މީޑިޔާގައި އެކަމާ ބެހޭ ގޮތުން ޝުއޫރު ފާޅުކޮށްފައިވެއެވެ.

މި ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ފަޒްނާ ސޯސަލް މީޑިއާގައި ވިދާޅުވެފައިވަނީ؛

“ ހުޅުމާލެ ފޭސް2 އަށް މިއަދު ދޮރުން ދޮރަށް ހިގަން ދިޔައިމެވެ. އެތާ ތިބި ބޮޑު ދެފިރިހެނުން އަޅުގަނޑު ފަހަތުން ފުރައްސާރަ ކުރަމުން ހިނގިއެވެ. އެމީހުން އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަމަށްވެއެވެ. އެކަމުގެ އެއް ހެއްކަކީ އަޅުގަނޑާ އެކުހުރި އެމްޕީ ނިޔާޒް ، ހުޅުމާލެ ކައުންސިލް މެންބަރ ގުޅުމުން “އެހެން ހޭ ، ތަންކޮޅެއްދެން ހޔތކޑ ދޯއޭ، ތިމަންނަ މިހިރީ ރައްޖޭން ބޭރުގައޭ، މި ބަލަނީ އޭ” ބުނެފަވާތީއެވެ. އެމްޕީ ނިޔާ އިދިކޮޅު ކެންޑިޑޭޓާ ގުޅިއެވެ. ފޯނެއް ނުނަގައެވެ. މެސެޖް ކުރިއެވެ. އަދިއަދައްވެސް ޖަވާބު ނުދެއެވެ. އެހެންވީމާ “އާންމުން ނުކުމެ އޭނާއަށް ބާގީ އޭ ގޮވާނީ” ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިޑިކަމެކެވެ. އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެއެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ. މިބުނާ ބޮޑު ދެ ފިރިހެނުންނާ ދިމާއަށް އަޅުގަނޑު ގާތު ތިބި މީހުން ހަޅޭއްލަވަން ފެށުމުން އަޅުގަނޑު އެމީހުންގާތު “ހަޅޭއްނުލަވާށޭ، އަޅުގަނޑަށް ކެތްވަންޔާ އެމީހުނަށްވެސް ކެއްވާންވާނެ” ކަމަށް ބުނީމެވެ. މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އަޅުގަނޑު އެތަނަށް ދިޔަކަންވެސް ގިނަމީހުނަށް ނޭންގޭނެއެވެ. މީ ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑުމެނަށް ވީ ފައިދާއެވެ. މިހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީއެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީއެވެ. މަޣްރިބް ނަމާދައް ގޮވުމާއި، އެހެން މީޓިންނެއް 6:30 ގަ އޮތުމާއިއެކު އަޅުގަނޑު މިއަދަށް ނިންމާލީއެވެ. އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ އަޅުގަނޑަށް ދައުވަތު ދެއްވި އާއިލަތަކަށް އިރާދަކުރެއްވިއްޔާ އަދި ޒިޔާރާތް ކުރާނަމެވެ. އަޅުގަނޑު މިކަމާ ޖެހިލުން ނުވިޔަސް މީ ސީރިއަސް މައްސަލައެކެވެ. އަޅުގަނޑު ގެ ހާލުބަލަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުނަށް ޝުކުރުދަންނަވަމެވެ. އަދި އިރާދަކުރެއްވިއްޔާ ކެންޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.މާތްﷲ ގެ ތަނަވަސް ރަޙްމަަތްފުޅާ އިރާދަފުޅުން އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހަށް މި އިންތިޚާބް ކާމިޔާބުވާނެއެވެ.“

ފަޒްނާ އަހުމަދުގެ ފޭސް ބުކް ޕޭޖުގައި އަަސަރާއި އެކު ލިޔެފައިވެއެވެ.



More from Muraasilu