ނައީމާގެ މަރު: މަރާލަން ބޭނުންކުރި ދެ ވަޅި އާއި އިތުރު ހެކިތައް ހޯދައިފި!

Sat, 27 May 2023 02:10 AM

View on this article on Muraasilu

ނައީމާގެ މަރު: މަރާލަން ބޭނުންކުރި ދެ ވަޅި އާއި އިތުރު ހެކިތައް ހޯދައިފި!

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އިތުރު ހެކިތައް ދިވެހި ފުލުހުން ހޯދައިފިއެވެ.



މިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ފޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މޫސާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ފެނިފައިވާ ކަމަށެވެ. ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ވެސް އެ ހަތިޔާރުތަކާއިއެކު ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ތަހުގީގަށް މުހިންމު ހެކިތަކެއް އަތިރިމަތީގައި ވަޅުލާފައި ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ހޯދުމުގެ މަސައްކަތުގައި އެތަކެތި ފެނުނީ ވަޅުލާފައި ހުއްޓާ ކަމަށެވެ.. ސީޕީ ވިދާޅުވިގޮތުގައި، އެ ތަކެތި ވަޅުގަނޑެއް ތެރެއަށް އަޅާ، އަންދާލުމަށް ފަހު ފަސްއަޅާ ފޮރުވަން މަސައްކަތް ކޮށްފައި ހުއްޓެވެ.

ނައީމާ މާރާލިކަމުގެ ތަހުގީގަށް ބޮޑެތި ހެކިތަކެއް ފުލުހުން ހޯދާފައިވާއިރު، މި މައްސަލައިގައި މިއަދު ވަނީ މަނަދު ދެ ޒުވާނަކު ހައްޔަރުވެސް ކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެސް ވެފައެވެ.

ހައްޔަރުުރި މީހުންނަކީ ޑްރަގުގެ މައްސަލަތަކިގެ ރެކޯޑް އޮންނަ މީހުންނެވެ. ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި މީހާ އަކީ މީގެ ކުރިން ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލައެއްގައި ވެސް ދައުވާ ލިބުނު މީހެކެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ، 62، މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެގެއަށް ގޮސް، ދޮރު ހަލާކުކޮށްލައިގެން ކޮޓަރިއަށް ވަދެ ބެލުމުންނެވެ. އޭރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އޮތީ ވަޅިން ހަމަލާދީފަ އެވެ. އޭނާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީފައި ހުއްޓެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ބައެއް މަސްދަރުތަކާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.



More from Muraasilu