ގައްބަރޭ ހައްޔަރުކޮށްފި

Tue, 23 May 2023 10:14 AM

View on this article on Muraasilu

ގައްބަރޭ ހައްޔަރުކޮށްފި

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ކުށުގައި ފުލުހުން ހޯދަމުންދާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ފުލުސް އޮފީހަށް އަމިއްލައަށް ހާޟިރުވުމުން ހައްޔަރުކޮށްފިއެވެ.



ގައްބަރޭ ހޯދަން ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ތޫނު ހަތިޔާރު ހިފައިގެން ގުރޫޕު މަރާމާރީ ހިންގުމާއި މީހަކު މަރާލުމަށް ހަމާލާ ދިނުމުގެތުހުމަތުގައި ހޯދަމުންދާ މީހެއްގެ ގޮތުގައެވެ. ގައްބަރޭ ވަނީ މީގެ ކުރިންވެސް ތަފާތު އެތައް ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

އެމްޑީޕީ ގެ ގައުމީ މަޖްލިސް މެމްބަރެއް ކަމަށް ވާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަކީ ދެކަފި ވެފައިވާ އެމްޑީޕީގައި ފިކުރެއްގެ ދިރުމުގެ މެމްބަރުންނާ އެކީ ހަރަކާތްތެރިވާ އަދި މިހާރު އަލަށް ހަދާފައިވާ ނަޝީދުގެ ޑިމޮކްރެކްޓްސް އަށް ތާއިދުކުރާ ފަރާތެކެވެ.

ގައްބަރޭ ހަމަލާދިން މެމްބަރު ހަސަން ޒަރީރު ތާއިދު ކުރަނީ އަދި މަސައްކަތްކުރަނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ އެމްޑީޕީގެ މެމްބަރުންނާ އެކީގައެވެ.



More from Muraasilu