17 އަހަރުގެ ކުޑަ ކުއްޖެއް ގެއްލިގެން ހޯދަނީ

Mon, 22 May 2023 06:03 PM

View on this article on Muraasilu

17 އަހަރުގެ ކުޑަ ކުއްޖެއް ގެއްލިގެން ހޯދަނީ

ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެއްކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.



އާއިލާއަށް ގެއްލިގެން  ހޯދަމުންދަނީ އުމުރުން 17 އަހަރުގެ އަބްދުއް ނާފިއު އިބްރާހިމް (ޅ. ކުރެންދޫ / ހުދުފަޅު) އެވެ.

ޢަބްދުއްނާފިޢު އިބްރާހިމް މެއި 21 ވަނަ ދުވަހުގެރޭ ގެއިން ނުކުތް ގޮތަށް ވީނުވީ ތަނެއް ނޭނގިގެން  އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިގޮތުން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯދިފައެއް ނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
 
ޢަބްދުއްނާފިޢު އިބްރާހިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ދިވެހި ފުލުހުންގެހިދުމަތުން އިލްތިމާސްކުރެއެވެ.



More from Muraasilu