މަންމައަށް މަރުގެ އިންޒާރުދީ ފޭރުނު މައްސަލާގައި ދަރިފުޅު ހައްޔަރުކޮށްފި

Tue, 22 Oct 2024 04:15 PM

View on this article on Mihaaru

މަންމައަށް މަރުގެ އިންޒާރުދީ ފޭރުނު މައްސަލާގައި ދަރިފުޅު ހައްޔަރުކޮށްފި

މަންމައަށް އަނިޔާކޮށް، މަރުގެ އިންޒާރުދީ ފޯނު ފޭރިގަތް މައްސަލާގައި ދަރިފުޅު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހިޔާ ޓަވަރު އެޗް13ގެ އެޕާޓްމެންޓެއްގައި ފޭރުނު މައްސަލާގައި ހައްޔަރުކުރީ ހ. އެހަޑަ، މުހައްމަދު އިސްމާއިލް އެވެ. ފުލުހުން އެ ގެއަށް ވަނީ އަންހެނަކު ރޯއަޑު އިވިގެން ރިޕޯޓްކުރުމުންނެވެ.

އެ އެޕާޓްމެންޓުގެ ދޮރުގައި ޓަކި ޖެހުމުން ހުޅުވީ އަންހެން މީހާ އެވެ.

ފުލުހުން ބުނީ ދަރިފުޅު މުހައްމަދު އިސްމާއިލް އޭނައަށް ވަރަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށް ފަހު ފޯނު ފޭރިގެން ދިޔައީ ކަމަށް އަންހެންމީހާ ތަހުގީގަށް ކިޔައިދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ، އަންހެން މީހާގެ 28 އަހަރުގެ ފިރެހެން ދަރިފުޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





More from Mihaaru