މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

Tue, 22 Oct 2024 02:47 PM

View on this article on Mihaaru

މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ޕޮލިހުން ބުނީ ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ސިޓީއަކުން އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޕޮލިހުން ނުދެ އެވެ.

ޝަހީމަށް މަރުގެ އިންޒާރު ދީފައިވާއިރު، ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި ދެ އަންހެނުންނާ ދެކޮޅަށް ވައިބާ ގްރޫޕެއްގައި ޝަހީމް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ މެސެޖުތަކެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް މަރުގެ އިންޒާރު ދީފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ސޯޝަލް މީޑިއާގައި މީހަކު ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.





More from Mihaaru