ހުޅުމާލޭ ރަށު މާރުކޭޓުން ގަވާއިދާ ހިލާފު 23 ބިދޭސީން އަތުލައިގެންފި

Tue, 22 Oct 2024 03:09 PM

View on this article on Mihaaru

ހުޅުމާލޭ ރަށު މާރުކޭޓުން ގަވާއިދާ ހިލާފު 23 ބިދޭސީން އަތުލައިގެންފި

ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ހުޅުމާލޭ ރަށު މާރުކޭޓުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ 23 ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިއްޔެ ކުރިއަށް ގެންދިޔަ މި ރެއިޑުގައި މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުން ދިޔަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި އަށް އަންހެނުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނަކީ ފުލުހުންނާއި އެޗްޕީއޭ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުންނާއި 24 ފުލުހުން ބައިވެރިވި ކަމަށް ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ބިދޭސީން ދިރިއުޅޭ ތަންތަން ފާސް ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ހިންގާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ. އޭގެ ތެރޭގައި މަސާޖް ޕާލާތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާއި އެކި ކަހަލަ މަސައްކަތްތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނެ އެވެ.





More from Mihaaru