މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

Fri, 26 Jul 2024 06:46 PM

View on this article on Mihaaru

މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އަދި ގުގުރުން ވެސް އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ.

މޫސުން ގޯސްވެ މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދެ ފަހަރެއްގެ މަތިން މެޓް އޮފީހުން ވައިޓް އެލާޓް ނެރުނެވެ.

މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މިރޭ ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އަދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނު ކަނޑުތައް މަޑުވާނެ ކަމަށެވެ.

ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ އުފަލުގައި މާލޭގައި ހަވީރު ބާއްވަން އުޅުނު އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމާއި ކެޑޭޓުންގެ ޕެރޭޑު ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފަ އެވެ.





More from Mihaaru