ޖަރުމަނުގައި ދިވެއްސަކު މަރުވެއްޖެ

Thu, 17 Oct 2024 11:30 PM

View on this article on Mihaaru

ޖަރުމަނުގައި ދިވެއްސަކު މަރުވެއްޖެ

ޖަރުމަނުގައި ދިރިއުޅެމުން އައި ދިވެއްސަކު މަރުވެއްޖެ އެވެ.

"މިހާރު" އަަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ނ. މަނަދޫ، އާދަމް ނަސީރު ކިޔާ މީހެކެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން އާދަމް ނަސީރު ނިޔާވި ޚަބަރު ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ އަށް އަންގާފައި ވަނީ އިއްޔެ އެވެ. އެމްބަސީން އޭނާގެ އާއިލާ އަށް އެކަން އެންގީ ވެސް އިއްޔެ ކަމަށްވެ އެވެ.

އުމުރުން ސާޅީހަކަށް އަހަރުގެ އާދަމް ނަސީރަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ޖަރުމަންގެ މީހަކާ އިނދެގެން އެ ގައުމުގައި އުޅެމުން އައި މީހެކެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާ ކަމަށް ވެސް އެނގިފައި ވެ އެވެ.

އެކަމަކު، އޭނާ މަރުވި ސަބަބު ދިވެހި އެމްބަސީން ވެސް އަދި އާއިލާ އަށް ނާންގާ ކަމަށް ވެ އެވެ. ފޮރިން މިނިސްޓްރީގެ ބަހެއް ވެސް އަދި ނުލިބެ އެވެ.





More from Mihaaru