ވަޒީރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

Fri, 26 Apr 2024 06:41 PM

View on this article on Mihaaru

ވަޒީރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

މި ސަރުކާރުގެ މިނިސްޓަރުންނާ ބޭނުން ސުވާލެއް ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ" ގެ ތިން ވަނަ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަން ރައީސް އޮފީހުން ނިންމައިފި އެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމްގައި މި ފަހަރު ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

މި ފަހަރުގެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޭއެޗް ޖެހުމަށް ފަހު ހުސްތަންކޮޅެއް ދިނުމަށް ފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެ އެވެ.

"އަހާ"ގެ ފުރަތަމަ ފޯރަމް ޖެނުއަރީ ފަހުކޮޅު ބޭއްވިއިރު، ފަސް ވަޒީރަކު ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. ދެ ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައްޔިތުންނާ ގާތުން، ސުވާލުތަކަށް ޖަވާބުދާރީވަމުން ސަރުކާރު ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. "އަހާ" ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ކޮންމެ ތިން މަހަކުން އެއް ފަހަރު ސީދާ ރައީސް މުއިއްޒު ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ ވެސް ރިޔާސީ ވައުދެކެވެ.





More from Mihaaru