ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި

Tue, 07 May 2024 02:54 PM

View on this article on Mihaaru

ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި

ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަ ސަފީރުން މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ހަ ގައުމަކާއި ތިން ޖަމިއްޔާއަކަށް ރައީސް ސަފީރުން ހަމަޖައްސާފައިވާ ކަމަށެވެ. އެއީ؛

- ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަފީރަކަށް މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު (މުންދު)

- އިނގިރޭސިވިލާތުގެ ސަފީރަކަށް ހ. އޯކިޑް، ޑރ. އިރުތިޝާމް އާދަމް

- ޗައިނާގެ ސަފީރުކަމަށް، މ. ފަށަލަ، ޑރ. ފަޒީލް ނަޖީބު

- މެލޭޝިޔާގެ ސަފީރަކަށް މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަހުމަދު

- ސްރީލަންކާގެ ސަފީރަކަށް، މ. ތުޅާގިރި، މަސްއޫދު އިމާދު

- ސިންގަޕޫރުގެ ސަފީރުކަމަށް މއ. ދިލާސާގެ، މުހައްމަދު ލުވޭޒު

- ޔޫއެންގެ ރާއްޖޭގެ ސަފީރަކަށް ޑރ. އަލީ ނަސީރު މުހައްމަދު (އަލިނީ)

- ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރަކަށް، މ. ގީލާވިލާ، ގީލާ އަލީ

- ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބަކަށް އައްޔަނުކުރައްވާ މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު

ސަފީރުންގެ ނަންތައް ފާސްކޮށްފައި ވަނީ ރުހުން ދިނުން ކޮމިޓީ މަރުހަލާގައި ދިގުދެންމުމަށް ފަހު އެވެ.





More from Mihaaru