އެމްއޭސީއެލްގެ ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

Tue, 07 May 2024 07:20 PM

View on this article on Mihaaru

އެމްއޭސީއެލްގެ ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ރާއްޖޭގެ ރަސްމީ ވައިގެބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމްއޭސީއެލްގެ ވެހިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިހާރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރުކުރީ ކިތައް މީހުން ކަމާއި އެ މައްސަލައިގެ އިތުރު ތަފުސީލު އަދި ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެމްއޭސީއެލްގެ އެ ކާރަކީ ކުންފުނީގެ އެކި ބޭނުންތަކަށް އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވެސް ރަސްމީ ބޭނުންތަކަށް އާންމުކޮށް ދުއްވާ ކާރެއް ކަން ވަނީ އެނގިފަ އެވެ.





More from Mihaaru