ފްރާންސްގެ މަޝްހޫރު ބަކަރާ ބްރޭންޑްގެ ރިސޯޓެއް ރާއްޖެއަށް

Thu, 25 Apr 2024 01:16 PM

View on this article on Mihaaru

ފްރާންސްގެ މަޝްހޫރު ބަކަރާ ބްރޭންޑްގެ ރިސޯޓެއް ރާއްޖެއަށް

ފްރާންސްގެ މަޝްހޫރު ހޮޓެލް ބްރޭންޑް "ބަކަރާ"ގެ ރިސޯޓެއް ރާއްޖޭގައި ހަދަން ފަށައިފި އެވެ.

މި ރިސޯޓު ހަދަނީ މާލެ އަތޮޅުގައި ފަޅެއް ހިއްކައިގެންނެވެ. ގާތްގަނޑަކަށް 100 ހެކްޓަރުގެ އެ ރަށުގައި ހަދާ ރިސޯޓުގައި 100 އަށް ވުރެ ލަގްޒަރީ ވިލާ އަޅާނެ އެވެ.

ބަކަރާ ބްރޭންޑަކީ 260 އަހަރުވެފައިވާ ޔޫރަޕްގެ މަޝްހޫރު ބްރޭންޑެކެވެ. އެ ބްރޭންޑްގެ ރިސޯޓުތައް ޔޫރަޕްގެ އިތުރުން އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުގައި ވެސް ހިންގަ އެވެ.

އެ ރިސޯޓު ހަދާ، އެޗްއެސް ހޮޓެލްސް އެންޑް ރިސޯޓުގެ ސީއީއޯ ރައުލް ލީލް ވިދާޅުވީ، ރާއްޖެ އަށް ބަކަރާ ބްރޭންޑް އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ރިސޯޓުގެ ސަބަބުން ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް އިތުރަށް ޕްރޮމޯޓުވެގެންދާނެ ކަަމަށެވެ.

ބަކަރާ ރިސޯޓުގައި 100 އަށް ވުރެ ގިނަ ވިލާ ހަދާނެ. -- ފޮޓޯ: ބުކިންސް.ކޮމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 30 މިނެޓުގައި ދެވޭ އެ ރިސޯޓުގައި 50 ވޯޓަ ވިލާ އާއި 53 ޕްރައިވެޓް ރެޒިޑެންސް ވިލާ ހިމެނޭނެ އެވެ. އެ ރިސޯޓުން ދައްކުވައިދޭނީ ޓްރޮޕިކަލް ރީތިކަމެވެ. އެ ރިސޯޓުގެ އިންޓީރިއާ ޑިޒައިންކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އެޗްކޭއެސް އެވެ.

އެ ރިސޯޓުގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރީގެ ވިލާތައް ހުންނާނެ އެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލް ހުންނާނެ އެވެ.

ބަކަރާ ހޮޓެލްސް އެންޑް ރެޒިޑެންސް މޯލްޑިވްސްގެ ނަމުގައި ހަދާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރު އެވެ.

ރާއްޖޭގައި މިހާރު ވެސް 180 ރިސޯޓު ހުޅުވާފައިވާ އިރު 100 އެއްހާ ރިސޯޓު އަންނަނީ ތަރައްގީ ކުރަމުންނެވެ.





More from Mihaaru