އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ

Sun, 05 May 2024 10:13 AM

View on this article on Mihaaru

އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ

އެމްޑަބްލިއުއެސްސީގެ އޭޕްރީލް މަހުގެ ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ދޭ ކުންފުނިން އާންމުކުރި އިއުލާނުގައި ވަނީ 10 ޕަސެންޓްގެ ޑިސްކައުންޓް ދޭ އިރު އެ ބިލްގައި މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނަމަ، އެ އަދަދު އިތުރަށް ކުޑަ ކުރާނެ ކަމަށެވެ. އަދި އެގޮތަށް ބިލްގެ އަދަދު މާޗް މަހުގެ ބިލާ އެއް ހަމަކުރާ އިރު އެ ބިލްގެ އަދަދު 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ ބިލްގެ އަދަދު 10 ޕަސެންޓާ ހަމައަށް ކުޑަ ކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ހިދުމަތް ދޭ ގޭބީސީތަކުގެ ބިލްތަކުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ބިލްތަކަށް ގެނައި މި ބަދަލުތަކުގެ ތަފްސީލުތައް މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ފޮނުވަމުން ގެންދާނެ ކަމަށެވެ. އަދި މި ވަގުތު ބިލް ފޮނުވާފައިވާ ފަރާތްތަކަށް ވެސް ޑިސްކައުންޓް ލިބުމުން ބިލަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށް ބުންޏެވެ.

އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭ އިރު މިދިޔަ ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތުގައި ޑިސްކައުންޓް ދީފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި 14 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދިން ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީގެ ބިލްތަކުގެ 25 ޕަސެންޓެވެ.

ރޯދަ މަހުގެ ތެރޭގައި ކަރަންޓުގެ ހިދުމަތުން ވެސް އާންމުންނަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.





More from Mihaaru