ރަށްރަށުގެ ސްކޫލްތަކަށް ޓެސްޓު ފޮތްތައް ބަހަން ފަށައިފި

Sun, 05 May 2024 11:23 AM

View on this article on Mihaaru

ރަށްރަށުގެ ސްކޫލްތަކަށް ޓެސްޓު ފޮތްތައް ބަހަން ފަށައިފި

ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓު ފޮތްތައް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އެ ސްކޫލުތަކުގެ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފެށިތާ 10 ވަރަކަށް ދުވަސްވެއްޖެ ކަމަށެވެ. ބައެއް ސްކޫލުތަކުން މިހާރު އަންނަނީ ކުދިންނާ ފޮތްތައް ހަވާލުކުރަމުންނެވެ.

ނަމަވެސް، މާލޭގެ ސްކޫލުތަކަށް އަދި ފޮތްތަކެއް ނުލިބެ އެވެ.

މާލެ ސަރަހައްދުގެ ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި އެ ސްކޫލުތަކަށް ވަރަށް އަވަހަށް ފޮތްތައް ހަވާލުކުރާނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް އަހަރީ ޗުއްޓީ އަށް މިދިޔަ އަންގާރަ ދުވަހު ބަންދުކުރިއިރު ކުދިންނަށް ވަނީ ރިޕޯޓު ފޮތްތަކާ އެކު ސްޓޭޝަނަރީސް ހިމެނޭ ވައުޗާތައް ދޫކޮށްފަ އެވެ.

އެއްމަސް ދުވަހުގެ ބަންދަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.





More from Mihaaru