މިސަރުކާރުން މިހާތަނަށް ވަނީ 328 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައި: ވަޒީރު އިހުސާން

Tue, 22 Oct 2024 07:00 PM

View on this article on Huvadhoo News

މިސަރުކާރުން މިހާތަނަށް ވަނީ 328 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައި: ވަޒީރު އިހުސާން

ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.



ވަޒީރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅުންހުރި އެކި އިދާރާތަކާއި ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މިކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ، މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މު މުއައްސަސާތައް ގުޅިގެން ފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިފަހެއްޓުނު މަސްތުވާތަކެތީގެ ތެރޭގައި 177 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި، 8300 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ހިމެނޭކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރި އާދަ އަށަގެންފައިވާ މިންވަރުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މިގޮތުން މަސްތުވާތަކެއްޗާއި ގުޅޭ 2 ބިލެއްގެ މަސައްކަތް ނިންމާ މިހާރު އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި، މި ދައުރުގެ ތެރޭގައި މިބިލު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.



More from Huvadhoo News