ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަނަށް ވުރެ ގިނަ ފައިސާ ހޯދައިފި

Tue, 22 Oct 2024 08:24 PM

View on this article on Huvadhoo News

ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަނަށް ވުރެ ގިނަ ފައިސާ ހޯދައިފި

ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ފައިސާ ދައުލަތަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޤަވާޢިދުގެ ތެރެއަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށާއި، އެކަމުގައި ކާމިޔާބުތަކެއް ހޯދިފައިވާ ކަމަށެވެ.

ބިދޭސީންނަށް ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ދަޢުލަތަށް ލިބެންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް މިހާރު ހޯދައިފިން. މިހާރު ނުލިބި ވަނީ 703 މިލިއަން ރުފިޔާ. މިއީ 03 ޖޫން 2024 އިން ފެށިގެން މިހާތަނަށް ހޯދި ފައިސާގެ އަދަދު. މީގެ ތެރެއިން ފައިސާ ނުދައްކާ ފަރާތްތައް އަޅުގަނޑުމެން ވާނީ އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށް އެ މީހުންނަށް ޚިދުމަތް ދިނުންވެސް ހުއްޓާލާފަ.ފައިސާ ދެއްކުމާ ހަމައިން އަނެއްކާވެސް އެ ޚިދުމަތް ލިބެން ފަށާނީ. ވަޒީރު އިޙުސާން

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަަހަރުގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.





More from Huvadhoo News