ގެވެށި އަނިޔާގެ މައްސަލައެއްގައި މާލޭގެ ފިރިހެނަކު ހައްޔަރު ކޮށްފި

Tue, 22 Oct 2024 10:36 PM

View on this article on Huvadhoo News

ގެވެށި އަނިޔާގެ މައްސަލައެއްގައި މާލޭގެ ފިރިހެނަކު ހައްޔަރު ކޮށްފި

ގެވެށި އަނިޔާގެ ސީރިއަސް މައްސަލައެއްގައި މާލެއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.



މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރު ކޮށްފަ އެވެ.

ކޯޓު އަމުރުގައި ބަޔާން ކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހާދިސާގެ ރިޕޯޓްވެސް ހިމެނެއެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން މީހަކަށް ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން، ކުޑަކުއްޖަކު ހުރި ތަނެއްގައި މި ފަރާތުން އަނިޔާވެރިކޮށް އުޅެފައިވާ ކަމަށްވެސް ތުހުމަތުކުރެވެއެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ފަރާތް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވަނީ މި ސަބަބުތަކަށް ރިޢާޔަތާޔަތްކޮށެވެ.

ގެވެށި އަނިޔާއަކީ ދިވެހި މުޖުތަމަޢުގައި ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ.



More from Huvadhoo News